އިންޑިއާއިން ހިފެހެެއްޓި ރާއްޖޭގެ މަސްދޯނި ދޫކޮށްލައިފި

ކިޔުމަށް ހޭދަވާނީ 39ސ
އިންޑިއާއިން ހިފެހެެއްޓި ރާއްޖޭގެ މަސްދޯނި ދޫކޮށްލައިފި

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް އެގައުމުގެ ކަނޑުގެ ސިފައިން ހިފެހެއްޓި "ވީވަރު" ނަމަކަށް ކިޔާ ރާއްޖޭގެ މަސްދޯނި ދޫކޮށްލައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، މި ދޯނި ހިފެހެއްޓިއިރު އޭގައި 12 މީހުން ތިއްބެވެ.

ވީވަރު ދޯނި ދޫކޮށްލީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބަލާފައި ކަމަށާއި، މި ދޯނި މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މިހާދިސާއަށްފަހު އެމްއެންޑީއެފުން ވަނީ ރާއްޖޭގެ މަސްވެރި އުޅަނދުތައް އަވަށްޓެރި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދުތަކަށް ނުވަނުމަށާއި އުޅަނދުފަހަރު އަމަލުކުރުމަށް ހަދާފައިވާ ގާނޫނުތަކަށާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކޮށްފަ އެވެ.

މިއަދު އޮންލައިން