ފުވައްމުލަކުގެ އެންމެ ބޮޑު މުދާ އުފުލާ ދޯނީގައި ރޯވެ، އެކަކު ނިޔާވެއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 9ސ
ފުވައްމުލަކުގެ އެންމެ ބޮޑު މުދާ އުފުލާ ދޯނީގައި ރޯވެ، އެކަކު ނިޔާވެއްޖެ!

 

ފުވައްމުލަކު ސިޓީގެ އެންމެ ބޮޑު، މުދާ އުފުލާ ދޯނި ކަމަށްވާ "ރަވާނާ" ދޯނީގައި އަލިފާން ރޯވެ އެކަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ފަތިހު 4:45 ހާއިރެވެ.

މިހާދިސާގައި ނިޔާވެފައިވަނީ ފުވައްމުލަކު ކިނބިދޫގޭ މުޙައްމަދު ކިޔާ މީހެކެވެ. އޭނާގެ ހަށިގަނޑު މިވަގުތު ވަނީ ފ. ނިލަންދޫ އަށް ގެންދެވިފައި ކަމަށާއި އާއިލާއާއި ވާހަކަ ދައްކާ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ރަވާނާ ދޯނީގައި އަލިފާނުގެ ހާދިސާ ހިނގިއިރު އެދޯނީގައި 16 މީހުން ތިބި ކަމަށާއި ނިޔާވި މީހާގެ އިތުރުން ބާކީ ތިބި މީހުން މިއަދު ހަވީރުގެ ވަގުތެއްގައި މާލެ ގެންނާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ދޯނީގައި އަލިފާން ރޯވުމުގެ ސަބަބުން އެދޯނީގެ މުދާތައް ގެއްލި، ރަވާނާ ދޯނި ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.

މިހިތާމަވެރި ހާދިސާގައި ނިޔާވި މުޙައްމަދުގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި އާމީން. އަދި މިފަދަ ދަނޑިވަޅެއްގައި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

މިއަދު އޮންލައިން