އިސްލާމް ދީނަށް ކުރިމަތިކުރުވާ ގޮންޖެހުންތަކާ ދެކޮޅަށް އެންސީޓީސީ އިން ދަނީ މަސައްކަތް ކުރަމުން: ބްރިގޭޑީއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އިސްލާމް ދީނަށް ކުރިމަތިކުރުވާ ގޮންޖެހުންތަކާ ދެކޮޅަށް އެންސީޓީސީ އިން ދަނީ މަސައްކަތް ކުރަމުން: ބްރިގޭޑީއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު

ރާއްޖޭގައި އިސްލާމް ދީނަށް ކުރިމަތިކުރުވާ ގޮންޖެހުންތަކާއި ދެކޮޅަށް، އެކަންކަމުން ސަލާމަތްވުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ގެންދަނީ މަސައްކަތް ކުރަމުން ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑީއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ. 

ކޯސްޓްގާޑް ބިލްޑިންގގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބްރިގޭޑީއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށާއި އެކަމަށް ހުރި ޤާނޫނުތައް އެބަހުރި ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އިސްލާމް ދީނަށް ގޮންޖެހުންތައް ކުރިމަތިކުރުވުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ. 

ބްރިގޭޑީއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ދީނީ ފިކުރުގެ އިތުރުން ސިޔާސީ ފިކުރާއި އެހެންވެސް ވާދަވެރި ފިކުރުތަކުގެ ސަބަބުން ކަންކަން ހައްދުފަހަނައަޅައި ދިއުމުގެ ފުރުޞަތު އެބައޮތް ކަމަށާއި އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ޞުލްޙަ މަސްލަހަތު ޤާއިމުވެފައި އޮތުން ކަމަށެވެ. އެހެންކަމުން ކޮންމެ ކަމެއްގައި ޚިޔާލާއި ފިކުރު ތަފާތުވި ނަމަވެސް ޤައުމުގެ ޞުލްޙަ މަބްލަހަތަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ. 

ބްރިގޭޑީއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އެންސީޓީސީ އިން ހަރަކާތްތެރިވަމުންދަނީ އދ އާއި ތަފާތު ޤައުމުތަކާއި ވަރަށް ގިން ޖަމާއަތްތަކާއި ވެސް ގުޅިގެން ކަމަށެވެ. އެހެންކަމުން ވަރަށް ފުޅައުޑާއިރާއެއްގައި ދަނީ މިކަންކަމަށް މަސައްކަތް ކުރެވެމުން ކަމަށެވެ.

 

 

މިއަދު އޮންލައިން