ވޭމަންޑޫން ހާލުބޮޑު ބަލި މީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ކިޔުމަށް ހޭދަވާނީ 28ސ
ވޭމަންޑޫން ހާލުބޮޑު ބަލި މީހަކު  ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ތ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު ކުރަނގި ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު މިއަދު 11:30 ހާއިރު މާލެ ގެނެސް ފައިވަނީ އުމުރުން 76 އަހަރުގެ އަންހެނެކެވެ. މި މީހާ މާލެ ގެނެސްފައި ވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ތ.އަތޮޅު ހޮސްޕިޓަލުން އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ

މިއަދު އޮންލައިން