ވެލި ބަރުކޮށްގެން ދިޔަ "ކުރިމަގު" ދޯނި ބަންޑުން ޖަހާލައިފި

ކިޔުމަށް ހޭދަވާނީ 41ސ
ވެލި ބަރުކޮށްގެން ދިޔަ "ކުރިމަގު" ދޯނި ބަންޑުން ޖަހާލައިފި

ވެލި ބަރުކޮށްގެން ދިޔަ "ކުރިމަގު" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

 

އެމްއެންޑީއެފް އިން ބުނީ މިދޯނި ބަންޑުން ޖަހާލީ، ވެލި ބަރުކޮށްގެން ހުޅުމާލެއަށް ދަތުރު ކުރަމުންދިޔުމުގެ ތެރޭގައި، މާލޭގެ ވިޔފާރި ބަނދަރު ސަރަޙައްދުން ބޭރުން ކަމަށެވެ.

 

މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށާއި މިހާދިސާ ހިނގި ވަގުތު އެދޯނީގައި ހަތް މީހުން ތިބި ކަމަށެވެ.

 

މީގެތެރެއިން ހަ މީހުން އެސްޓީއޯ ޓަގް ބޯޓަކަށް ނަގާފައިވާ ކަމަށާއި އަނެއް މީހާ ނަގާފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްކާޑު އުޅަނދަކަށް ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.

 

ބަންޑުން ޖަހާލި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން