ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލ. ގަމާއި، ގދ. ތިިނަދޫގައި ފެންބޮޑުވެއްޖެ

ކިޔުމަށް ހޭދަވާނީ 38ސ
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލ. ގަމާއި، ގދ. ތިިނަދޫގައި ފެންބޮޑުވެއްޖެ

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ބޯކޮށް ވާރޭވެހި ލ. ގަމާއި ގދ. ތިނަދޫގެ ބައެއް ގެތަކުގައި ފެންބޮޑުވެއްޖެއެވެ.

 

އެމްއެންޑީއެފްގެ ޗީޕް ސްޕޯކްސްޕާރސަން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި، މިހާތަނަށް ލ. ގަމު ގެ ހަތް ގެއެއްގައި ފެންބޮޑުވެފައިވާއިރު ތިނަދޫގެ ހަތަރު ގެއެއްގައި ފެން ބޮޑުވެފައިވެއެވެ.

 

ރޭއްސުރެ ކުރަމުންމިދާ ވިއްސާރައިގެ ސަބަބުން ގަމާއި ތިނަދޫގެ މަގުތަކާއި ގޭގެއިން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ކުރަމުންދާ ކަމަށް ވެސް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

 

މިވިއްސާރައިގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން