ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރަނިކޮށް ލަންކާގެ 4 މަސްބޯޓެއް ހިފަހައްޓައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރަނިކޮށް ލަންކާގެ 4 މަސްބޯޓެއް ހިފަހައްޓައިފި

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން މަސްވެރިކަން ކުރަނިކޮށް ސްރީލަންކާގެ ހަތަރު މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން ހިފަހައްޓައިފިއެވެ.

މި ހާދިސާއާޢި ގުޅިގެން އެމްއެންޑީއެފް އިން ބުނެފައިވަނީ ކޯސްޓްގާޑް ޝިޕް "ހުރަވީ" ގެ ސިފައިން ރޭ ދެ މަސްބޯޓެއް ހިފެހެއްޓުމަށް ފަހު ކުޅުދުއްފުއްޓަށް ގެންދަން މަސައްކަތް ކުރަނިކޮށް އެހެން ދެ ބޯޓެއް ފެނުނު ކަމަށާއި އެ ދެ ބޯޓާ އެކު ޖުމްލަ ހަތަރު ބޯޓް ހިފަހައްޓާފައިވާކަމަށެވެ.

މިހަަތަރު މަސްބޯޓް ވެސް ފެނުނީ ހއ. ކެލަޔާ ދިމާ ބޭރުންނެވެ.  

 

މިއަދު އޮންލައިން