ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ހޮޓެލް ޖެންގައި ބަނގުރާ ވިއްކަން ހުއްދަދޭން ޚާއްޞަ އުޞޫލެއް ކަނޑައަޅައި ހަމައެކަނި އެ ހޮޓަލަށް ހުއްދަ ލިބޭ ގޮތަށް ޤަވާއިދު ފަރުމާކޮށް، ކަނޑައަޅައި އުޞޫލުތައް ހާމަކޮށް އަދި ގެސްޓްހައުސްތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމުގެ އުޞޫލު، ބަނގުރާ ވިއްކަން ދެމުން އައި އިކޮނޮމިކް މިނިސްޓްރީން ޢާންމުކުރީ މާލެއަކީ ފަޅުރަށެއް ކަމަށް ބަލައިގެންކަން ހާމަވެއްޖެއެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަދޭކަށް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުފެނޭ! އަދި އެފަދަ ވާހަކައެއް ނުދައްކަން." ކަމަށެވެ.
ރައީސް ނަޝީދުގެ މިވާހަކަފުޅުން އެނގެނީ 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ހައިތަނުގައި އިކޮނޮމިކް މިނިސްޓްރީން މިފަދަ ކަމެއް އިއުލާނުކުރީ މާލެއަކީ ފަޅުރަށެއް ކަމަށް ކަނޑައަޅައިގެން ކަމެވެ. "މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަދޭކަށް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުފެނޭ!" ވިދާޅުވެފައި އޮތުމުންނެވެ.
މިމޭރުމުން ވިދާޅުވިނަމަވެސް އއ ތޮއްޑޫ ފަދަ ދިވެހި ރައްޔިތުން ދިރިއުޅޭ ރަށެއްގައި ބަނގުރާ ވިއްކުމަކީ ބޮޑު ފައިދާ ލިބޭ ކަމެއްކަމަށް ވިދާޅުވެ ބަނގުރަލުގެ ވިޔަފާރި އާއި އެއްވެސް ގުޅުމެއް ނެތް ރަށެއްގައި ބަނގުރަލުގެ ވިޔަފާރިން ލިބޭ ފައިދާ ބޮޑުކަމުގެ ވާހަކަ ދެއްކެވި ސަބަބު ބަޔާން ކުރައްވާފައެއް ނުވެއެވެ.