ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއް ތ. ކިނބިދޫ ކައިރީ ފަޅަކަށް އުރިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެފަޅަށް އުރިފައިވަނީ ތ. ވޭމަންޑޫގެ ދޯންޏެެވެ.
އެ ދޯނި ފުން ކުރުމުގެ މަސައްކަތް ވޭމަންޑޫގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި އެރަށުގެ ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.
މި ދޯނި ކިނބިދޫ ކައިރީ ފަރަށް އުރިފައިވަނީ މިއަދު ހެނދުނު 6:45 ހާއިރުއެވެ.
މި ހާދިސާއާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ލިބިފައެއް ނުވެެއެވެ.