ތާޖުއްދީން ސްކޫލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއްގައި އަލިފާން ރޯވެއްޖެ

ކިޔުމަށް ހޭދަވާނީ 25ސ
ތާޖުއްދީން ސްކޫލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއްގައި އަލިފާން ރޯވެއްޖެ

ތާޖުއްދީން ސްކޫލް ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެންވެއްޓި އަލިފާން ރޯވެއްޖެއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ މިއަދު އިރުއޮއްސި 18:40 ހާއިރު ތާޖުއްދީން ސްކޫލް ކައިރިން ދުއްވާފައި ދިޔަ ސައިކަލެއްގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

 

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އަލިފާން ރޯވިތާ ގިނައިރުތަކެއް ނުވެ، ނިއްވާލެވިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން