މަހިބަދޫގެ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ކިޔުމަށް ހޭދަވާނީ 27ސ
މަހިބަދޫގެ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

އދ. މަހިބަދޫގެ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރެ 19:21 ހާއިރު މަހިބަދޫގެ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވަނީ މިރޭ 19:40 ހާއިރު ކަމަށެވެ.

 

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު، އަލިފާން ރޯވީ އެގޭ ގޯތިތެރޭގައި ހުރި ގޯނި، ފައިބަރމެޓް ކަހަލަ އެއްޗެއްގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

 

މަހިބަދޫގެ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ފުލުހުންގެ އިތުރުން އެރަށުގެ ރައްޔިތުން ވެސް ހަރަކާތްތެރިވެފައިވެއެވެ.

މިއަދު އޮންލައިން