އޮޔާދާ ހިކި އޮނު ފީނިތަކެއް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަނީ

ކިޔުމަށް ހޭދަވާނީ 31ސ
އޮޔާދާ ހިކި އޮނު ފީނިތަކެއް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަނީ

ނ. މާކުރެންދޫ ކައިރިން އޮޔާދާ ހިކި އޮނު ފީނިތަކެއް، ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަނުން ކުރަމުން އެބަ ގެންދެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މެންދުރު 13:40 ހާއިރެވެ.

މިއޮނު ފީނިގެ އަޑިއަށް 40 ފޫޓު ހުރި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޮޔާދާ މިއޮނު ފީނިތަކުގެ ސަބަބުން އެސަރަޙައްދުން ދަތުރު ކުރާ އުޅަނދުތަކަށް ނުރައްކާތެރި ގެއްލުމެއް ލިބިދާނެ ކަމަށާއި އެހެންކަމުން އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން