އަންހެން ސިފައިންގެ ހިނގާލުން ރައީސް ޞާލިޙްގެ ދެކަނބަލުން ބައްލަވާ ލައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 30ސ
އަންހެން ސިފައިންގެ ހިނގާލުން ރައީސް ޞާލިޙްގެ ދެކަނބަލުން ބައްލަވާ ލައްވައިފި

ރާއްޖޭގައި އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު މާލޭގައި ބޭއްވި ޝަރަފުގެ ހިނގާލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން ބައްލަވައިލައްވައިފިއެވެ. 

މޭޖަރ ހައްވާ ޝެނީންގެ ކޮމާންޑަރުކަމުގައި  މިއަދު ކުރިއަށް ގެންދިއަ ޝަރަފުގެ ހިނގާލުމުގައި މިހާރު ޚިދުމަތުގައި ތިބި އަންހެން ސިފައިންގެ އިތުރުން ކުރިން ޚިދުމަތުގައި އުޅެފައިވާ 40 އަންހެން ސިފައިންވެސް ބައިވެރިވިއެވެ. 

ރާއްޖޭގައި ސިފައިންގެ ޚިދުމަތަށް އަންހެނުން ވައްދަން ފެށީ 1988 ވަނަ އަހަރު ކުރިމަތިވި އުދުވާނީ ހަމަލާއަށްފަހުއެވެ.

މިއަދު އޮންލައިން