"ހިންދުސްތާން މެރެތަން" ގެ މެރެތަން ބައިގެ އެއްވަނަ ހޯދި ސ.ސާޖަންޓް ނަޞްރުﷲ އަޙްމަދު އާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައްދަލުކުރައްވައިފިއެވެ.
ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ، "ހިންދުސްތާން މެރެތަން" ގެ މެރެތަން ބައިގެ އެއްވަނަ ހޯދުމާ ގުޅިގެން ސްޓާފް ސާޖަންޓް ނަޞްރުﷲ އަޙްމަދަށް މަރުޙަބާ ދަންނަވާފައެވެ.
މި ބައްދަލުކުރެއްވެވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުރަހީމް ޢަބްދުއްލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ބޭއްވި "ހިންދުސްތާން މެރެތަން" ގެ އެއްވަނަ ސްޓާފް ސާޖަންޓް ނަޞްރުﷲ އަޙްމަދު ހޯދީ 3 ގަޑި 29 މިނުޓުން ދުވެގެނެވެ. ސްޓާފް ސާޖަންޓް ނަޞްރުﷲ ވަނީ މި މެރެތަންއާއެކު ޖުމުލަ 42 މެރެތަން ދުވެފައެވެ. އޭނާއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ މެރެތަން ދުވެފައިވާ ދުވުންތެރިޔާއެވެ.