ރައީސް މައުމޫން ވެސް ވޯޓު ދެއްވައިފި!

އަހުމަދު
ކިޔުމަށް ހޭދަވާނީ 36ސ
ރައީސް މައުމޫން ވެސް ވޯޓު ދެއްވައިފި!

މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ވޯޓު ދެއްވައިފިއެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު 8:00 އިން 18:00 އާއި ހަމައަށް ވޯޓުލުން ކުރިއަށްގެންދާއިރު، ވޯޓުލުމުގެ ޝަރުތު ހަމަވާ 264،442 މީހުން އެބަތިއްބެވެ. ޖުމްލަ 87 ދާއިރާއަކަށް ވާދަކުރާ 386 ކެންޑިޓޭޓުން މިފަހަރުގެ އިންތިހާބަށް ކުރިމަތިލައްވާފައިވެއެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 501 ވޯޓު ފޮށި ބެހެއްޓިފައިވާއިރު ރާއްޖެއިން ބޭރުގެ ހަތަރު ޤައުމެއްގައި ވެސް ވޯޓުފޮށި ބެހެއްޓިފައިވެއެވެ. އެއީ އިންޑިއާ، ޝްރީލަންކާ، މެލޭޝިއާ އަދި އިންގިރޭސިވިލާތެވެ.

 

 

މިއަދު އޮންލައިން