މއ. ސީނުއާގޭގައި ހުރި ގުދަނެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިހާރު މިއަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 19:44 ގައެވެ. އަދި އަލިފާންގަނޑު ނިއްވާލާފައިވަނީ 20:02 ހާއިރެވެ.
އަލިފާން ރޯވެފައި ހުރީ ދެ ފަންގިފިލާއަށް ހަދާފައި ހުރި އެގުދަނުގެ ތިރީބައިގަ ހުރި ޗާކޯލާއި އެހެނިހެން ސާމާނު ތަކެއްގައި ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.