މަތިވެރީގެ ގެސްޓްހައުސް އެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި!

ކިޔުމަށް ހޭދަވާނީ 56ސ
މަތިވެރީގެ ގެސްޓްހައުސް އެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި!

އއ. މަތިވެރީގެ ގެސްޓްހައުސް އެއްގައި ވެސް މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިގެން، ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

 

އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އަށް ލިބިފައިވަނީ މިރޭ 22:25 ހާއިރު ކަމަށެވެ.

 

މިހާރު އެއަލިފާންގަނޑު ނިއްވާލާފައިވާއިރު އަލިފާންގަނޑު ނިއްވާލީ އެރަށުގައި ތަމްރީނު ކޮށްފައި ތިބި ސިވިލް ފަޔަރ ޓީމާއި އެރަށުގެ ބައެއް ރައްޔިތުންގެ އެހީގައި ކަމަށް ވެސް އެމްއެންޑީއެފް އިން ފާހަގަ ކޮށްފައިވެއެވެ.

 

ފުލުހުން ދަނީ މިހާރު މިހާދިސާ ތަހުގީގު ކުރަމުންނެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެގެސްޓްހައުސްގެ ތިން ކޮޓަރިއެއްގައެވެ. އެއްބަޔަކު ތުހުމަތު ކުރާ ގޮތުގައި އެތަނުގައި އަލިފާން ރޯކޮށްލީއެވެ.

 

އެނގިފައިވާ ގޮތުގައި މަތިވެރީގައި ހުންނަ އެގެސްޓްހައުސް އަކީ އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާއަށް ހޮވިވަޑައިގެންނެވި އަބްދުﷲ ޖާބިރުގެ އާއިލާގެ ޙިއްސާއެއް އޮންނަ ގެސްޓްހައުސް އެކެވެ.

މިއަދު އޮންލައިން