އައްޑޫސިޓީ މީދޫ ފުއްޓަރު ސަރަޙައްދުގެ ދަނޑުތަކާވީ ދިމާލުގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިހާދިސާއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެތަނުގައި މިވަގުތު ހުރި ޕީއެސްއެމް ގެ ނޫސްވެރިއަކު ބުނީ، މިހާދިސާ ހިނގާފައިވަނީ މިރޭ 21:30 ހާއިރު ކަމަށެވެ.
ފުލުހުންނާއި ހަވާލާދީ ނޫސްވެރިޔާ އިތުރަށް ބުނީ މިހާދިސާ ހިނގީ ދަނޑު ގޮވާން ކުރުމަށް އެސަރަޙައްދު ސާފު ކުރުމަށްފަހު، ކުނިތައް އަންދާލަން ރޯކޮށްލި އަލިފާންގަނޑު ފެތުރިގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.