ގ.ރެޑްޕާލް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކިޔުމަށް ހޭދަވާނީ 34ސ
ގ.ރެޑްޕާލް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގ.ރެޑްޕާލް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ

ރޭ މެންދަމު 03:45 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭ ދެވަނަ ފަންގިފިލާއަށް އަރަން ހުންނަ ލަކުޑިން ހަދާފައިވާ ސިޑިއެއްގައެވެ.

މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 04:30 ހާއިރު ކަމަށާއި އަދި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ ގޭގައި އެވަގުތު ތިބި މީހުންތައް އިވެކުއޭޓް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސަރޗް އެންޑް ރެސްކިއު ޓީމުން ވަނީ ކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައިނުވާއިރު އެގެޔަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

 

މިއަދު އޮންލައިން