އަލިފާނުގެ ހާދިސާ ހިނގުން ގިނަވުމުން އެމްއެންޑީއެފްގެ ކަންބޮޑުވުން އިތުރުވެއްޖެ! 4 މަސް ތެރޭ އަލިފާނުގެ 86 ހާދިސާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އަލިފާނުގެ ހާދިސާ ހިނގުން ގިނަވުމުން އެމްއެންޑީއެފްގެ ކަންބޮޑުވުން އިތުރުވެއްޖެ! 4 މަސް ތެރޭ އަލިފާނުގެ 86 ހާދިސާ!

ފާއިތުވި 4 މަސް ދުވަހުގެ ތެރޭގައި އަލިފާނުގެ 86 ހިނގާފައިވާ ކަމަށާއި އިއްޔެ އެކަނިވެސް އަލިފާނުގެ 5 ހާދިސާ ހިނގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.  

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔޫގެ ކޮމާންޑަރު ކާނަލް ޢަބްދުﷲ ޒުހުރީ ވިދާޅުވީ ފާއިތުވި 4 މަސް ދުވަހުގެ ތެރޭގައި 86 ހާދިސާ ހިނގާފައިވާއިރު އެއިގެ ތެރޭގައި ޤަޞްދުގައި އަލިފާން ރޯކުރުމުގެ ހާދިސާތައް ވެސް ހިމެނޭ ކަމަށެވެ.  

ކާނަލް ޒުހުރީ ވިދާޅުވީ ރެޑްޕާލް ގޭގައި ރޯވި ހާދިސާގައި އެގޭގެ 3 ބުރި އެކުގައި އަނދައި 7 މީހަަކށް ހޮސްޕިޓަލުން ފަރުވާދޭން ޖެހުނު ކަމަށެވެ. އަދި ގްރީންޒެސްޓްގޭގެ ސިޑިގޮޅީގައި އޮތް ގޮދަޑިއެއްގައި އަލިފާން ރޯވި ކަމަށާއި ހ. ދިއްގާމާގޭގައި ހުރި އެއްޗެތިތަކެއްގައި ރޯވެގެން ރިޕޯތް ކުރި ކަމަށާއި ގ. ނަސީމީ ގޭގައި ޣޭސް ލީކުވުމުގެ ހާދިސާއެއް އިއްޔެ ހިނގިކަމަށެވެ. 

ކާނަލް ވިދާޅުވީ ފާއިތުވި 2 ހަފްތާއަށް ބަލައިފިނަމަ ހުސް ގޯތިތަކާއި ހުސްބިންތަކުގައި ރޯވުމުގެ ހާދިސާތައް ގިނަ އަދަދަކަށް ހިނގާފައިވާ ކަމަށެވެ. ފާއިތުވި 4 މަސް ދުވަހުގެ ތަފްޞީލު ދެއްވަމުން ކާނަލް ޒުހުރީ ވިދާޅުވީ ކަރަންޓާ ގުޅުން ހުރި ތަފާތު 18 ހާދިސާއަކާއި ކައްކަން އުދާފައި ދުރަށް ދެވުމުގެ 16 ހާދިސާއެއް ހިނގާފަވާ ކަމަށާއި ވެހިކަލްތަކުގައި އަލިފާން ރޯވުމުގެ 10 ވަރަކަށް ހާދިސާ ހިނގާފަވާ ކަމަށާއި ކަނޑުމަތީގެ އުލަނދުތަކަށް ދިމާވި 3 ހާދިސާއެއް ރެކޯޑް ކުރެވިފަިވާ ކަމަށާއި ރިޒޯޓުތަކުގައި މައިގަނޑު 4 ހާދިސާއެއް ހިނގާފަވާ ކަމަށާއި ކުނިތަކުގައި ރޯވެގެން 8 ހާދިސާއެއް ހިނގާފަވާ ކަމަށާއި ވަލުތެރޭގަ ރޯވެގެން 5 ހާދިސާއެއް ހިނގާފަވާ ކަމަށާއި ކުނި ގޮނޑުތަކުގަ ރޯވެގެން 6 ހާދިސާއެއް ހިނގާފަވާ ކަމަށާއި ޤަޞްދުގައި ރޯކޮސްލުން ކަމަށް ބެލެވޭ 4 ހާދިސާއެއް ހިނގާފަވާ ކަމަށާއި އަދި މީގެ އިތުރުންވެސް ތަފާތު 12 ހާދިސާއެއް ހިނގާފަވާ ކަމަށެވެ.  

ކާނަލް ޒުހުރީ ވިދާޅުވީ ފަޔަރ އެންޑް ރެސކިޔޫގެ ކޯލް ސެންޓަރު 118 އަށް 4508 ކޯލު ލިބިފައިވާއިރު ހަޤީޤީ މައްސަލައެއް ރިޕޯޓްކުރަން ގުޅާފައިވަނީ އެންމެ 153 ކޯލު ކަމަށާއި މައުލޫމާތު ސާފުކުރަން ގުޅާފައިވަނީ އެންމެ 447 ކޯލު ކަމަށެވެ.

މިއަދު އޮންލައިން