ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ޕެރޭޑް އަންނަ ހުކުރު ދުވަހު މާލެ ސިޓީގަ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ޕެރޭޑް އަންނަ ހުކުރު ދުވަހު މާލެ ސިޓީގަ

127 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުން އެޕްރީލު 19 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގަ މާލެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފަވާ ކަމަށް އެމްއެންޑީފް އިން މައުޅޫމާތުދީފިއެވެ.

މި ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ ބަންޑާރަކޮށިން ނިކުމެ އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް ގޮސް، މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް ގޮސް، ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުގެ ދެކުނަށް އަޅައި އަމީނީ މަގުން އިރަށް ގޮސް، އިއްޒުއްދީން މަގުން ދެކުނަށް ގޮސް، ކަޅުތުއްކަލާ ކޮށްޓަށެވެ.

މި ޝަރަފުގެ ހިނގާލުން މަޑުކުރުމަށް ހަމަޖެހިފައިވަނީ މުލިއާގެ ކައިރި، ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތި، މަޖީދީ މަގާ ފާށަނާ ކިލޭގެ މަގު ގުޅޭ ކަންމަތި، މާފަންނު ސަހަރާ ޕާކިން ޒޯން ކައިރި އަދި އިއްޒުއްދީން މަގާ އާޒާދީ ހިންގުން ގުޅޭ ކަންމަތި ކައިރީގައެވެ.

ކޮންމެ ހުއްޓުމެއްގައިވެސް ސިފައިންގެ ބޭންޑުގައި ރީތި އެކި ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފާވާ އެމްއެންޑީފް އިން މައުޅޫމާތުދީފިވެއެވެ.

މިއަދު އޮންލައިން