ރައީސް ޞާލިޙާއި ކުރީގެ ރައީސް މައުމޫން ބައްދަލު ކުރައްވައިފި!

ކިޔުމަށް ހޭދަވާނީ 1މ 4ސ
ރައީސް ޞާލިޙާއި ކުރީގެ ރައީސް މައުމޫން ބައްދަލު ކުރައްވައިފި!

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މިއަދު ބައްދަލު ކުރައްވައިފިއެވެ. 

ރައީސް އޮފީހުގައި ބޭއްވުނު މިބައްދަލުވުން ހާމަ ކުރައްވަމުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރު ކޯލިޝަން ދަމަހައްޓާ ވަރުގަދަ ކުރެއްވުމަށް ރައީސް ޞާލިޙު ވެވަޑައިގެންނެވި ވައުދުފުޅަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. 

މީގެއިތުރުން، މިބައްދަލުވުމުގައި މިއަދު މަޝްވަރާ ކުރެވުނު ކަންކަމާއި ބެހޭގޮތުން ދެބޭފުޅުންނަށް ވެސް އެއްބަސްވެ ވަޑައިގަތުމުން، އެކަމާއި ނުހަނު ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. 

ރައީސް މައުމޫން އެންމެ ފަހުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލު ކުރައްވާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. ކޯލިޝަން ދަމަހައްޓަވާނެ ކަމަށް އެދުވަހުވެސް ރައީސް ޞާލިޙު ވަނީ ވައުދުވެ ވަޑައިގެންފައެވެ. 

މިއަދު އޮންލައިން