ކ. އިތާފުށި ކައިރިން ނައިޓް ފިޝިންގއަށް ނިކުމެ އުޅުނު "އޮކްޓޭވް ސްޕީޑް" ނަމަކަށް ކިޔާ 20 ފޫޓްގެ ލޯންޗެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން، އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ
ރޭ 23:51 ހާއިރު (އެމްއާރުސީސީ) އަށް ލިބުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗު ވަނީ "އޮކްޓޭވް ސްޕީޑް" ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަދި، އިންޖީނު ހުއްޓުނު ލޯންޗުގެ ވެރިފަރާތާ ގުޅިގެން އެ ލޯންޗު އޮތް ސަރަޙައްދާ ކައިރީގައިވާ ކ.މަނިޔަފުއްޓަށް އެ ލޯންޗު ވަނީ ވައްދާފައެވެ.
އަދި، އެ ލޯންޗުގައި ތިބި ފަސް މީހުން ވަނީ ރޭ ދަންވަރު 02:34 ހާއިރު މާލެ ގެނެސްދީފަވެއެވެ
މި ހާދިސާ ހިނގިއިރު، އެ ލޯންޗުގައި ތިބީ 5 ދިވެހިންނެވެ. އަދި، އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފް ބުނިއެވެ