ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ބައެއް ހިސާބުތަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ބ. އަތޮޅާއި ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 7:00 އިން މެންދުރު 13:00 އާއި ހަމައަށެވެ.