މާދަމާ ބާއްވާ ޝަރަފުގެ ހިނގާލުމުގައި ސިފައިންގެ ބައެއް އުޅަނދުތައް ދައްކާލަނީ

ކިޔުމަށް ހޭދަވާނީ 1މ 24ސ
މާދަމާ ބާއްވާ  ޝަރަފުގެ ހިނގާލުމުގައި ސިފައިންގެ ބައެއް އުޅަނދުތައް ދައްކާލަނީ

127 ވަނަ ސިފައިންގެ ދުވަސް ފާހަނގަކުރުމަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭން، މާލެ ސިޓީގައި މާދަމާ ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުމުގައި، ސިފައިންގެ ބައެއް އުޅަނދުތައް ދައްކާލުމަށް ހަމަޖެހިއްޖެއެވެ.

މާދަމާ ހަވީރު 16:00 ގައި މާލެ ސިޓީގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި 8 ގެމަ ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޝަރަފުގެ ހިނގާލުމުގެ ލަޝްކަރުގެ ފޯރމޭޝަންގައި، އެމްއެންޑީއެފް ކޯސްޓްގާޑް، މެރިންކޯ، ޑްރިލް ޓީމް، އެމްއެންޑީއެފް ބްރާސް ބޭންޑް، ސަޕޯރޓް ސަރވިސް، ސްޕެޝަލް ފޯސެސް  އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ހިމެނެއެވެ.

މި ގެމަތަށް ބައިވެރިވަމުންދާނީ އެބަޔަކަށް ޚާއްޞަ ކުރެވިފައިވާ ޔުނިފޯރމުގައެވެ. މި ޝަރަފުގެ ހިނގާލުމުގައި އަންހެން ސިފައިންނަށް ޚާއްޞަ ގެމައެއް ވެސް ހިމެނެއެވެ.މީގެ އިތުރުން ސިފައިންގޭގައި މިހާރު ބޭނުންކުރާ ބައެއް އުޅަނދުތަކުގެ ތެރެއިން ފަޔަރ ވެހިކަލްތަކާއި ސްޕެޝަލް ފޯސަސްގައި ބޭނުންކުރާ ބައެއް އުޅަނދުތައް މި ޝަރަފުގެ ހިނގާލުމުގައި ދައްކާލުމަށް ވަނީ  ހަމަޖެހިފައިވެއެވެ

މި ޝަރަފުގެ ހިނގާލުން ހުއްޓުމަށް ހަމަޖެހިފައިވާ ފުރަތަމަ ތަނަކީ މުލިއާގެ ސަރަހައްދެވެ. މި ހުއްޓުމުގައި ބޭންޑުގައި ބޮޑުބެރާއި އެކު ފުނަޖެހުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތި، މަޖީދީ މަގާ ފާށަނާ ކިލޭގެ މަގު ގުޅޭ ކަންމަތި، މާފަންނު ސަހަރާ ޕާކިން ޒޯން ކައިރި އަދި އިއްޒުއްދީން މަގާ އާޒާދީ ހިންގުން ގުޅޭ ކަންމަތި ކައިރީގައެވެ. ކޮންމެ ހުއްޓުމެއްގައިވެސް ސިފައިންގެ ބޭންޑުގައި ރީތި އެކި ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން