މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފައިވަނީ މުޅި ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 13:30 އިން 18:30 އަށެވެ.
ކުރިއަށް އޮތް ދެދުވަހު ވެސް ރާއްޖޭގެ އުތުރާއި، މެދުތެރެ އަދި ދެކުނަށް ވެސް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.

ރާއްޖެއަށް ވިއްސާރަ މޫސުން އައިސްފައި މިވަނީ ގިނަ ދުވަސސްތަކެއް ވަންދެން ހޫނު މޫސުން އައުމަށްފަހުއެވެ. ހޫނުގަދަވެ، ފެނަށް ޖެހިފައި ހުރުމުގެ ސަބަބުން، މުޅި ރާއްޖޭގައި މިދިޔަ ހޯމަ ދުވަހު އިސްތިސްޤާ ނަމާދުވެސް ކޮށްފައިވެއެވެ.