މާފަންނު އޭސް ހާޑްވެއާރ ކައިރިން ބިދޭސީއެއް އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތް ދެމީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު ހަވީރު 17:55 ހާއިރު ހިނގި މިހާދިސާގައި، އުމުރުން 42 އަހަރުގެ ފިރިހެނަކާއި 54 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 42 އަހަރުގެ މީހާއަތުން 1300 ޑޮލަރާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ވެސް ފެނުފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އުމުރުން 54 އަހަރުގެ މީހާ އަތުން ފެނިފައިވަނީ 2500 ޑޮލަރާއި 5000 ރުފިޔާއެވެ.
ބިދޭސީ މީހާގެ އަތުން މިދެމީހުން ފައިސާ ފޭރިގެންފައިވަނީ އޭސް ހާޑްވެއާރ ކައިރީގައި ހުރި ހޮޓަލަކުން ސައިބުއިމަށްފަހު ފައިސާ ދައްކަން ހުއްޓާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.