ލަންކާއަށް ހަމަލާތައް ދިނުމުގައި އެއްވެސް ދިވެއްސެއް ބައިވެރިވެފައެއް ނުވޭ: އެންސީޓީސީ

ކިޔުމަށް ހޭދަވާނީ 1މ 13ސ
ލަންކާއަށް ހަމަލާތައް ދިނުމުގައި އެއްވެސް ދިވެއްސެއް ބައިވެރިވެފައެއް ނުވޭ: އެންސީޓީސީ

ސްރީ ލަންކާގައި ބޮމުގެ ޙަމަލާތައް ދިނުމުގައި އެއްވެސް ދިވެއްސެއް ބައިވެރިވެފައިނުވާކަމަށް އެންސީޓީސީން ބުނެފިއެވެ. 

އެ ސެންޓަރުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އަވަށްޓެރި ޝްރީލަންކާ އަށް އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި އެއްވެސް ދިވެއްގެ ބައިވެރިވުމެއް ނުވާކަން، ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ވަނީ ކަށަވަރުކޮށްދީފައި ކަމަށެވެ.

މީގެއިތުރުން އެފަދަ ދޮގު މަޢުލޫމާތު ނުފެތުރުމަށާއި ޒިންމާދާރުވުމަށް ވެސް އެސެންޓަރުން އިލްތިމާސްކޮށްފައިވެއެވެ. 

އިތުރު މައުލޫމާތެއް އޮޅުންފިލުވަން ބޭނުންނަމަ 1615 އަށް ގުޅުއްވުމަށް ވެސް އެންސީޓީސީ އިން އެދިފައިވެއެވެ. 

ލަންކާއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އެކަމާއި ރާއްޖެއާއި ގުޅުމެއްވާ ކަމަށް ބުނަމުންނެވެ. އެގޮތުން އިއްޔެގެ އެހަމާލާއާއި ގުޅުގެން ހައްޔަރު ކުރެވުނު އެކަކު ކަމަށްވާ ޒަހްރާން ހާޝިމް 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދިރިއުޅުނު ކަމަށްބުނެ މީހަކު ކުރި ޓްވީޓަކަށް، އޭނާއާއި އެއްބަސްވާފަދަ ގޮތަކަށް ބައެއް ދިވެހީންވަނީ ރައްދު ދީފައެވެ.

މިއަދު އޮންލައިން