ސިފައިންގެ ޑްރިލް ސްކޮޮޑްގެ ހަރަކާތްތަކެއް މާދަމާ ޖުމުހޫރީމައިދާނުގައި

ކިޔުމަށް ހޭދަވާނީ 43ސ
ސިފައިންގެ ޑްރިލް ސްކޮޮޑްގެ ހަރަކާތްތަކެއް މާދަމާ ޖުމުހޫރީމައިދާނުގައި

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް ޑްރިލް ސްކޮޮޑްގެ ހެވިކަން ދައްކާލުން މާދަމާ ޖުމުހޫރީމައިދާނުގައި ބާއްވާ ގޮތައް ހަމަޖެއްސައިފިއެވެ.

ހެވިކަން ދައްކާލުން ފެށުމަށް ހަމަޖެހިފައިވަނީ (ހުކުރު ދުވަސް) ހަވީރު 16:45 ގައެވެ.

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތާއި ގުޅިގެން މާލެއާއި ހުޅުމާލެ ވަނީ ހެވިކަން ދައްކާލާފައެވެ. އަދި މިއަދު ވިލިމާލޭގެ ބަނދަރު ސަރަހައްދުގައި ޑްރިލް ސްކޮޑްގެ ހެވިކަން ދައްކާލުން އޮންނާނެއެވެ. ވިލިމާލޭގައި ބާއްވާ ހެވިކަން ދައްކާލުން ފެށުމަށް ހަމަޖެހިފައި މިއަދު ހަވީރު 16:45 ގައެވެ.

އެމްއެންޑީއެފް ޑްރިލް ސްކޮޑުން ހުށަހަޅައިދޭ ޑްރިލް ޑިސްޕްލޭއަކީ އެއްވެސް ކޮމާންޑެއް ނެތި ހުށަހަޅައިދޭ ހެވިކަމުގެ ހަރަކާތްތަކެކެވެ.

މި ޑްރިލް ޑިސްޕްލޭތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

މިއަދު އޮންލައިން