އެމްއެންޑީއެފް ސަދަން އޭރިއާއިން ނޯވޭގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް ސިއްހީ އަވަސް ފަރުވާ ދިނުމަށް ސ.ހިތަދޫއަށް ގެންގޮސްފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ އިއްޔެ ހެނދުނު 09:10 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއި އެކު މި ބޯޓު ސ.ހިތަދޫގެ ދެކުނުން 2 ނޯޓިކަލް މޭލާއި ހަމައަށް ކައިރި ކުރުމުން ސިފައިން ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ނަގާފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އުސް ހަރުގަނޑަކުން ބޯޓުތެރެއަށް ވެއްޓި ލިބުނު ޒަހަމްތަކަކާއި ގުޅިގެން ހިތަދޫއަށް ގެންގޮސްފައި ވަނީ ފިލިޕީންސް އަށް އުފަން އުމުރުން 49 އަހަރުގެ ފިރިހެނެކެވެ.
މިމީހާ ހިތަދޫއަށް ގެންދެވިފައިވަނީ އިއްޔެ ހަވީރު 16:20 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.