ގައުމަށް ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރުވުމަށް މުއައްސަސާތަކުގެ އެންމެ އިސްވެރިން މިއަދު ބަންޑާރަކޮށީގައި މަޝްވަރާ ކޮށްފިއެވެ.
މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި ފުލުހުންގެ އެންމެ އިސްވެރިންނާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ކަސްޓަމްސް އާއި އިމިގްރޭޝަނުގެ އިސްވެރިންނެވެ.
މި ބައްދަލުވުމުގައި ކުރިމަތިވެދާނެ އެމެޖެންސީއަކަށް ހަރަކާތްތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭ ގޮތުން މަަޝްވަރާ ކުރައްވާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އަވައްޓެރި ސްރީލަންކާ އަށް ދިން ޓެރެރިސްޓް ހަމަލާއީގުޅިގެން ރާއްޖޭގެ ސަލާމަތި ބާރުތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.