މާލެ އާއި ހުޅުމާލޭގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ފުލުހުން ގުޅިގެން ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިތަމްރީނުތަކުގައި ސިފައިން ހަތިޔާރާއި އެކު ޙަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރު ވަނީ ބޭނުންކޮށްފައެވެ.
އަވަށްޓެރި ސްރީލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން އަންނަނީ ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުންނެވެ.
މި ތަމްރީނުތައް ކުރިއަށްގެންގޮސްފައި ވަނީ މިއަދު ހަވީރު 5 ޖަހަންދެންނެވެ.