މަސްޖިދުލް އަޤްޞާގައި ތަރާވީޙް ނަމާދު ކުރަނިކޮށް އިޒްރޭލުން ކަރުނަ ގޭސް ޖަހައިފި

ކިޔުމަށް ހޭދަވާނީ 41ސ
މަސްޖިދުލް އަޤްޞާގައި ތަރާވީޙް ނަމާދު ކުރަނިކޮށް އިޒްރޭލުން ކަރުނަ ގޭސް ޖަހައިފި

ފަލަސްތީނުގެ މުސްލިމުން މިރޭ މަސްޖިދުލް އަޤްޞާގައި ތަރާވީޙް ނަމާދު ކުރަނިކޮށް، އިޒްރޭލު ސިފައިން އެތަނަށް ކަރުނަ ގޭސް ޖަހައިފިއެވެ. 

އިޒްރޭލުން ވަނީ މަސްޖިދުލް އަޤްޞާއަކީ އެމީހުންގެ ތަނެއް ކަމަށް ބުނެ އެތަން ޙިޞާރުކޮށްފައެވެ.

ތަރާވީޙް ނަމާދު ކުރަނިކޮށް ކަރުނަ ގޭސް ޖެހުމުގެ ކުރިން އިޒްރޭލުން ވަނީ ފަލަސްތީނަށް ބޮމުގެ ހަމަލާތަކެއް ވެސް ދީފައެވެ. އެކަމުގެ ސަބަބުން އެތައް މުސްލިމުންނެއް ވަނީ ޒަޚަމްވެ ހާލުގައި ޖެހިފައެވެ. 

ނަމަވެސް ކަރުނަ ގޭސް ޖެހުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. 

މުދްލިމުންނަށް ދަތިހާލު ޖެއްސުމަށް އިޒްރޭލުން ހުއްޓާލިމެއް ނެތި ކުރަމުން މިދާ އަމަލުތަކާއެކު ވެސް، ފަލަސްތީނުގެ ރައްޔިތުން ދަނީ މިރަމަޟާން މަހު ރޯދަ ހިފާ ނަމާދުވެސް ކުރަމުންނެވެ.

މިއަދު އޮންލައިން