އައިއޭސީ އާއި ރާއްޖޭގެ 7 ޖަމިއްޔާއެއް ގުޅިގެން ސީރިއާ އާއި ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ހަރަކާތެއް ހިންގަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އައިއޭސީ އާއި ރާއްޖޭގެ 7 ޖަމިއްޔާއެއް ގުޅިގެން ސީރިއާ އާއި ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ހަރަކާތެއް ހިންގަނީ!

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީީ) އާއި ރާއްޖޭގެ 7 ޖަމިއްޔާ ގުޅިގެން ސީރިއާ އާއި ޣައްޒާގައި ހަަލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ހަރަކާތެއް ހިންގަން ނިންމައިފިއެވެ.

މި ހަރަކާތް ކުރިޔަށްދާނީ ރާއްޖޭގެ ބައެއް ރަށްރަށާއި، މާލޭގައި މާދަމާގެ ހަވީރު 4:00ން 4:45ށް ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް ގައި ކަމަށް އައިއޭސީން ވަނީ ހާމަކޮށްފައެވެ.

މިހަރަކާތުގައި ފަންޑުފޮށި ބަހައްާޓާނީ ރަސްފަންނާއި އިއްޒުއްދީން ފާލަމާއި ވިޔަފާރިވެރިންގެ މިސްކިތާއި ޝަހީދު އަލީ މިސްކިތާއި އިސްލާމީ މަރުކަޒާއި ވިލިމާލޭ ފެރީޓާމިނަލާއި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. 

މިފަންޑު ފޮށިތައް ބެހެއްޓޭ ތަންތާނގައި އެއީ ސީރިއާ އާއި ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު ހޯދުމުގެ ހަރަކާތެއްކަން އެނގޭނޭ ބެނާތައް ބަހައްޓާފައި ހުންނާނެ ކަމަށާއި ކޮންމެ ފަންޑުފޮއްޓެއްގައިވެސް ޚާއްސަ ސްޓިކާއެއް ހުންނާނެ ކަމުގައި އައިއޭސީން ބުނެއެވެ. އަދި ފަންޑްފޮށިތަކުގެ ކައިރީގައި ތިބޭ ވޮލަންޓިއަރުންނާއި އޮފިޝަލުން ތިބޭނީ ކާކުކަން އަންގައިދޭ ފާހެއް އަޅައިގެން ކަމުގައިވެސް އައިއޭސީން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން