ޣައްޒާ އާ ސްރީލަންކާގެ މުސްލިމުންނަށް އަމާންކަން ދެއްވެވުން އެދި ދުޢާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ޣައްޒާ އާ ސްރީލަންކާގެ މުސްލިމުންނަށް އަމާންކަން ދެއްވެވުން އެދި ދުޢާކޮށްފި

ޣައްޒާ އާއި ސްރީލަންކާގެ މުސްލިމުންނަށް އަމާންކަން ދެއްވެވުން އެދި މިއަދުގެ ހުކުރު ޚުޠުބާގައި ދުޢާކޮށްފި އެވެ. 

ސްރީލަންކާގެ މުސްލިމުންނާއިމެދު އަމަލުކުރެވެމުންދަނީ ފަލަސްޠީނުގެ މުސްލިމުންނާއިމެދު ޔަހޫދީން އަމަލުކުރަމުން ގެންދާ ގޮތަށް ކަމަށް އެމީހުން ދަނީ ބުނަމުންމެވެ. އެމީހުންނަށް އަނިޔާކުރުމުގައި އެންމެ އިސްކޮށްތިބޭ ހާމުދުރުންނަށް ސަރުކާރުން މާފުކުރުމުން މުސްލިމުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ސްރީލަންކާ، ޣައްޒާ، ސީރިޔާ، ޔަމަން ފަދަ ޤައުމުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް ހެޔޮ ދުޢާ ކުރުމަކީ މުޅި އިސްލާމީ އުންމަތަށް ކުރަން މިއަދު ޖެހިފައިވާ ކަމެކެވެ.

މިއަދު އޮންލައިން