އެމްޑީޕީގެ ސާޅީސް ވޯޓް ހަމަވެއްޖެ ‍- އެހެން ޕާޓީތަކުން ވެސް ވަނީ ފެހި ސިގްނަލް ލިބިފަ: އަފީފް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެމްޑީޕީގެ ސާޅީސް ވޯޓް ހަމަވެއްޖެ ‍-  އެހެން ޕާޓީތަކުން ވެސް ވަނީ ފެހި ސިގްނަލް ލިބިފަ: އަފީފް

ކުރިއަށް އޮތް 19 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނެ ފަރާތެއް ކަނޑައަޅަން މާދަމާ ނަގާ ވޯޓުގައި އެމްޑީޕީގެ 40 އަށް ވުރެ ގިނަ ވޯޓު ލިބޭނެ ކަމަށް ވިލުފުށި ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

އަފީފް ވިދާޅުވީ ތާއީދު ހޯއްދެވުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުންދާއިރު ކުރިން ތާއީދު ނެތް ބޭފުޅުންގެ ތާއީދު ހޯދަވަމުން ދާކަމަށެވެ. އަދި  އެމްޑީޕީގެ ތެރޭގައި ނަގާ ވޯޓް ކާމިޔާބުކޮށް ފަސޭހަކަމާއެކު ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ ވޯޓްވެސް ކާމިޔާބު ކުރައްވާނެކަމަށް އަފީފް ވަނީ ވިދާޅުވެފައެވެ.

މަޖިލިހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވަނީ މުހައްމަދު އަސްލަމް ކަމަށް ރައީސް ނަޝިދު ވިދާޅުވެފައިވާއިރު ރައީސް ސޯލިހް ވިދާޅުވެފައިވަނީ މަޖިލިހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވަނީ އަފީފް ކަމަށެވެ.

އާ މަޖިލީހުގެ ރައީސާއި ނާއިބުރައީސް އިންތިޚާބު ކުރުމަށް ޖަލްސާ ބޭއްވުމަށް ވަނީ އަންގާރަ ދުވަހުގެ ރޭ 10:30 ގައެވެ. މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމެވެ.

މިހާތަނަށް މަޖިލީހުގެ ރައިސް ކަމަށް އެމްޑީޕީގެ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަދި އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

މިއަދު އޮންލައިން