ނިލަންދޫ ސްކޫލްގެ މުދައްރިސުން ޓްރެފިކްގެ ޤަވާއިދުތަކަށް އަހުލުވެރި ކުރުވައިފި

ކިޔުމަށް ހޭދަވާނީ 44ސ
ނިލަންދޫ ސްކޫލްގެ މުދައްރިސުން ޓްރެފިކްގެ ޤަވާއިދުތަކަށް އަހުލުވެރި ކުރުވައިފި

ގއ. ނިލަންދޫ ސްކޫލްގައި މަސައްކަތްކުރާ ހުރިހާ މުދައްރިސުން ޓްރެފިކްގެ ޤަވާއިދުތަކަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނިލަންދޫ ޕޮލިސް ޑެސްކުން ކުރިއަށް ގެންގޮސްފިއެވެ.

ނިލަންދޫ ސްކޫލްގައި އިއްޔެ ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި އަދި އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި އެކްސިޑެންޓްތައް މަދުކުރުމާއި އެކްސިޑެންޓެއް ދިމާވާ ހާލަތުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް މުދައްރިސުން އަހުލިވެރި ކުރުވުމަށް ފުލުހުން ދަނީ ސިލްސިލާކޮށް  މިފަދަ ޕްރޮގްރާމްތައްދަނީ ހިންގަމުންނެވެ

މިއަދު އޮންލައިން