ވިއްސާރައިގެ ސަބަބުން މަކުނުދޫގެ ދެ ގެއެއްގެ ފުރާޅުން ޓިނުތަކެއް ވަޔާ އެއްލާލައިފި

ކިޔުމަށް ހޭދަވާނީ 29ސ
ވިއްސާރައިގެ ސަބަބުން މަކުނުދޫގެ ދެ ގެއެއްގެ ފުރާޅުން ޓިނުތަކެއް ވަޔާ އެއްލާލައިފި

ރޭ ފަތިހުން ފެށިގެން ހދ. މަކުނުދޫ އަށް ވިއްސާރައިގެ ސަބަބުން އެރަށުގެ ދެ ގެއެއްގެ ފުރާޅުގެ ޓިނުތަކެއް ވަޔާ އެއްލާލައިފިއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން އެރަށުގެ ދެ ގެއެއްގެ ފުރާޅުން ޓިނުތަކެއް އެއްލާލައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށެވެ.

 

މީގެއިތުރުން އެރަށު ސްކޫލްގެ ފާރު މައްޗަށް ގަހެއް ވެއްޓިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

 

މިހާދިސާތަކާއި ގުޅިގެން ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

 

 

 

މިއަދު އޮންލައިން