ޖޭޕީގެ ޕީޖީ ލީޑަރަކަށް ޤާސިމް އިބްރާހީމް، ނައިބް ލީޑަރަކަށް ކާނަލް ނާޒިމް ހަމަޖައްސައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޖޭޕީގެ ޕީޖީ ލީޑަރަކަށް ޤާސިމް އިބްރާހީމް، ނައިބް ލީޑަރަކަށް ކާނަލް ނާޒިމް ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރަކަށް ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހަމަޖައްސައިފިއެވެ. ނައިބް ލީޑަރަކަށް ހަމަޖައްސާފައިވަނީ ދަނގެތި ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް އެވެ. 

މިއަދު ބޭއްވި ޕީޖީ ގުރޫޕްގެ ބައްދަލުވުމުގަައި ޕީޖީ ގުރޫޕުގެ ލީޑަރުގެ މަގާމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަދި ޕީޖީ ގުރޫޕްގެ ނާއިބް ލީޑަރުކަމަށް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ހަމަޖައްސަވާފައިވަނީ ޕީޖީ ގުރޫޕުގެ އިއްތިފާގުންނެވެ.

ރޭ ފެށުނު 19ވަނަ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވަނީ 5 މެންބަރުންނެވެ. އެ 5 މެންބަރުންނަކީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޟް އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދުއެވެ. 

މިއަދު އޮންލައިން