އަނބިމީހާ ލައްވައި ގަދަކަމުން ހަށިވިއްކުވި ބަންގްލަދޭޝް ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
އަނބިމީހާ ލައްވައި ގަދަކަމުން ހަށިވިއްކުވި ބަންގްލަދޭޝް ހައްޔަރުކޮށްފި

އަނބިމީހާ ލައްވައި ގަދަކަމުން ހަށިވިއްކުވި ބަންގްލަދޭޝް މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ހަށިވިއްކާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަންގްލަދޭޝްގެ ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މިއަންހެން މީހާ ލައްވައި ހަށި ވިއްކަނީ އޭނާގެ ފިރިމީހާ ކަމަށެވެ. އަދި މިމިޙާ ހައްޔަރު ކުރީ އޭނާގެ މައުލޫމާތު އިމިގްރޭޝަނާއި ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފުރަން އެއާޕޯޓުގައި ހުއްޓަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަންހެން މީހާގެ ޕާސްޕޯޓް އޭނާގެ ފިރިމީހާ ވަނީ އަތުލާފައިކަމަށާއި އަދި މިއަންހެން މީހާއަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ވެސް ފެންނަން ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިހާރު މިއަންހެން މީހާ ވަނީ ރައްކާތެރި ތަނަކަށް ބަދަލުކޮށްފައެވެ.

މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މައްޗަންގޯޅި ގެއެއް ބަލައި ފާސްކޮށްފައިވެއެވެ.

 

މިއަދު އޮންލައިން