ފިޠުރު ޢީދުގެ ފުރަތަމަ ދެ ދުވަހުގެ ހަވީރު މާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ

ކިޔުމަށް ހޭދަވާނީ 50ސ
ފިޠުރު ޢީދުގެ ފުރަތަމަ ދެ ދުވަހުގެ ހަވީރު މާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ

ފޮޓޯ: ރާއްޖެ އެމްވީ

 

ފިތުރު އީދުގެ ފުރަތަމަ ދެ ދުވަހު ހަވީރު ހިނގާފައި އުޅޭ ދެ ދުވަހު މާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން، މާލޭ ސިޓީ ކައުންސިލުން މަނާ ކޮށްފިއެވެ.

 

ސިޓީ ކައުންސިލުން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފިތުރު އީދު ދުވަހާއި ޖެހިގެން އަންނަ ވަޅު އީދު ދުވަހު ހަވީރު 04:00 އިން ފެށިގެން އިރު އޮއްސި 06:30 ގެ ނިޔަލަށް އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށެވެ.

 

ކައުންސިލުން ބުނީ އީދުގެ ފުރަތަމަ ދުވަހު އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާކުރީ ރާއްޖޭގައި މީހުން އެންމެ ގިނައިން ދިރިއުޅެމުން އަންނަ ސިޓީ އަކީ މާލޭ ސިޓީ އަށް ކަމަށްވުމުން ފިޠުރު ޢީދުގެ އުފާ ފާޅު ކުރުމުގެ ގޮތުން އީދު ދުވަހު ދޮށީ އުމުރުގެ މީހުންނާއި، ކުޑަ ކުދިންގެ އިތުރުން ޒުވާނުންވެސް އީދު ކުޅިވަރުގައި ބައިވެރިވެ އުޅުމަށްޓަކާއި މަގުމައްޗަށް ނިކުމެ އުޅުުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެެ.

 

މިއަދު އޮންލައިން