އައިލްސްއިން ފެށުމަށް ހަމަޖެހިފައިވާ މާސްޓަރސް ކޯހުގެ ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ކިޔުމަށް ހޭދަވާނީ 57ސ
އައިލްސްއިން ފެށުމަށް ހަމަޖެހިފައިވާ މާސްޓަރސް ކޯހުގެ ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްްމަންޓް ސްޑީޒް (އައިލްސް) އިން މި އަހަރުގެ ޖުލައިމަހު ފެށުމަށް ހަމަޖެހިފައިވާ މާސްޓަރސް އޮފް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯހަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އައިލްސް އާއި އޮސްޓްރޭލިއާގެ ޗާލްސް ސްޓާރޓް ޔުނިވާސިޓީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ކޯހަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މިކޯހަކީ ތަންފީޒީ ދާއިރާތަކާއި މިނޫނަސް ލީޑަރޝިޕްގެ ދާއިރާތަކަށް އެކަށީގެންވާ ޤާބިލު ލީޑަރުން އުފެއްދުމުގެ މަޤްސަދުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ޗާލްސް ސްޓާރޓް ޔުނިވާސިޓީގެ ކަމާއި ގުޅުންހުރި ތަޖުރިބާ ލިބިފައިވާ މުދައްރިބުންނެވެ.

މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9637845 ނުވަތަ 9998053 އަށް ގުޅުއްވުމުން ނުވަތަ އައިލްސްގެ ވެބްސައިޓް www.isles.edu.mv އިން  ލިބިވަޑައިގަންނަވާނެއެވެ. ކޯހަށް ކުރިމަތިލެއްވުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ.

މިއަދު އޮންލައިން