މާމެންދޫ އާއި ދަނބިދޫން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 8ސ
މާމެންދޫ އާއި ދަނބިދޫން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

 ލ.މާމެންދޫ ޕޮލިސް ސްޓޭޝަނާއި ލ.އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ

މި ދެމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.

މި ދެމީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ލ.މާމެންދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖޫން 1 ވަނަ ދުވަހުގެ 12:30 ހާއިރު ހިންގި އޮޕަރޭޝަންގައެވެ.

މާމެންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި އެރަށު މަގުމަތިން މިމީހާ ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އޭނާ އެވަގުތު ދުއްވަން އިން ސައިކަލު މަޑިދަށުން މަސްތުވާތަކެތި ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ.

30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ދަނބިދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖޫން 1 ވަނަ ދުވަހުގެ 15:35 ހާއިރު ހިންގި އޮޕަރޭޝަންގައެވެ.  ލ.އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަންގައި އެރަށު ބަނދަރު ސަރަޙައްދުން މިމީހާ ހުއްޓުވައި، ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނުގަސްޕޮޓެއް ތެރެއިން މަސްތުވާތަކެތި  ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ

 

 

މިއަދު އޮންލައިން