ކ. މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޖޫން 1 ވަނަ ދުވަހުގެ 15:12 ހާއިރު މާފުށީ ބީޗު ސަރަޙައްދުގައި ބަޔަކު ކާންތިބިކަމަށް މާފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މިއޮޕަރޭޝަންގެ ތެރެއިން އެސަރަޙައްދުން ފުލުހުން މިމީހާ ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން އަތުގައި އޮތް އެއްޗެއް އެއްލައިލުމުން އެނަގައި ބަލައިފާސްކުރިިއިރު މަސްތުވާތަކެތި ހުރި ހަ ސެލޯފިންކޮޅު ފެނިފައިވެއެވެ.