މަސްތުވާ ތަކެތީގެ މައްސަލައެއްގައި މ. އެވަރެސްޓް އާގެއިން 11 މީހަކު ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
މަސްތުވާ ތަކެތީގެ މައްސަލައެއްގައި މ. އެވަރެސްޓް އާގެއިން 11 މީހަކު ހައްޔަރުކޮށްފި

މިމަހުގެ 3 ވަނަ ދުވަހު ކޯޓު އަމުރެއްގެދަށުން މަސްތުވާ ތަކެތީގެ މައްސަލައެއްގައި މ. އެވަރެސްޓް އާގެއިން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން ބުނެފައިވަނީ އެގެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި މި މައްސަލައިގައި ހައްޔަރުކުރީ 8 ދިވެހިންނާއި ބަންގްލަދޭޝް 3 މީހަކު ކަމަށެވެ. 

އެގެއަށް ފުލުހުންނަށް ނުވަދެވޭ ގޮތަށް ހަރުކޮށްފައި ހުރި ދަގަނޑު ތޭރިތަކެއް ފުލުހުން ނެއްޓި ކަމަށާއި އަދި އެގެއަށް ވަދެވޭނެ އިތުރު ގޮތެއް ނެތިގެން ފާރެއްވެސް ތަޅާލަން ޖެހުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. 

އެ ގެއަކީ ފުޅައު ދާއިރާއެއްގައި މަސްތުވާ ތަކެއްޗާއި ބެހޭ ހުރިހާ ޚިދުމަތެއް ދޭ ގެއެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި 11 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ފަސް ދުވަސް ޖަހައިފިއެވެ.

 

 

މިއަދު އޮންލައިން