ޢީދުގެ އެންމެ ބޮޑު ބޭނުމަކަށް ހަދަން ޖެހޭނީ މުސްލިމް ޤައުމުތައް އެކުވެރިވުން: ޙަސަން ރޫޙާނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޢީދުގެ އެންމެ ބޮޑު ބޭނުމަކަށް ހަދަން ޖެހޭނީ މުސްލިމް ޤައުމުތައް އެކުވެރިވުން: ޙަސަން ރޫޙާނީ

ޢީދުގެ އެންމެ ބޮޑު ބޭނުމަކަށް ހަދަން ޖެހޭނީ މުސްލިމް ޤައުމުތައް އެކުވެރިވުން ކަމަށް އިރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

 

ފިޠުރު ޢީދާއި ގުޅިގެން ރޫޙާނީ ދެއްވި ޚިޠާބުގައި ވިދާޅުވީ އެއްމަސް ދުވަސްވަންދެން މުސްލިމުން މިކުރި ކަމަކީ ﷲ ތަޢާލާގެ މަގުގައި އެކުވެރިވެ އެންމެން ރޯދަ ހިފުން ކަމަށެވެ. އެހެންކަމުން ރޯދަ މަސް ނިމި ޢީދު އައުމުން ހަމައެކަނި ރައްޔިތުން އެކުވެރިވުމަށް ގޮވާލުމަކުން ނުފުދޭނެ ކަމަށާއި އެންމެ ފުރަތަމަ އިސްކުރަންވީ އިސްލާމީ ޤައުމުތަކުގެ އެކުވެރިކަން ކަމަށެވެ.

 

"މިއީ މުސްލިމް ލީޑަރުން ސިޔާސީ ހަސަދަވެރިކަމުން ސަލާމަތްވެ، ޣައިރު މުސްލިމުންގެ ފިޠުނަވެރި މަޅިތަކުން ސަލާމަތްވެ، މުޅި އުންމަތް އެއްބައިވާންވީ ދުވަސް! އެއިރުން މުސްލިމުންނަށް ކުރިއެރުން ލިބޭނީ! ރައްޔިތުޔންގެ ތަނަވަސްކަން އިތުރުވެ އެކުވެރިވާނީ! އަދި މުސްލިމް އުންމަތުގެ އިޤްޠިޞާދު ކުރިއަރައި ވަރުގަދަވާނީވެސް" ޙަސަން ރޫޙާނީ ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން