ޤަތަރާ މެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އަރައިގަތުމަށްޓަކައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ބިޔަ މަޝްރޫޢުތަކެއް ހިންގަމުން އެބަ ގެންދެއެވެ.
އޭއެފްޕީއަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތައް 2 އަހަރުވީއިރުވެސް ކުރިއަށް ގެންދާތީ އަވަށްޓެރި ޤައުމުތަކުން ކާބޯތަކެތި ލިބުމަށް ބޮޑެތި ދަތިތައް އެބަހުރި ކަމަށާއި ތަކެތި މަދުވުމުން އަގުތައް އުފުލިފައިވާ ކަމަށެވެ. އެހެންކަމުން އެ ހާލަތުން އަރައިގަތުމަށް އޮތް ހަމައެކަނި ގޮތަކީ އަމިއްލަ އުފެއްދުންތައް އިތުރުކުރުން ކަމަށެވެ.
"ޤަތަރުގައި ބިން އެބައޮތް. މައްސަލައަކީ ހޫނުގަދަ ސަހަރާއެއްކަން. އެހެންވެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިގެންދަނީ ދަނޑުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ހިންގަމުން. މިހާރުވެސް ތަރުކާރީގެ ބައެއް ބާވަތްތައް ދަނީ ލިބެމުން.": ކަމަށްވެސް ބުނެފައިވެއެވެ.
މުސްލިމުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިސްލާމް ދީނުގެ ރޫޙުގައި އެއްބައެއްގެ ގޮތުގައި ދިރިނުއުޅެވޭ ކަމެވެ. އިސްލާމީ އުންމަތް ބަލިކަށިވެ ނިކަމެތިވަމުން މިދަނީ ވެސް ހަމަ އެ ސަބަބަށްޓަކައެވެ.