ޅ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި އެ އަތޮޅު ކުރެންދޫގައި ފެންބޮޑުވުމުން ރައްޔިތުންނާއި ފުލުހުން ގުޅިގެން ޕަމްޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މީގެ އިތުރުން ގޭގޭ ދޮރުމަތީގައި ވެލިބަސްތާ ޖަހައިދިނުމަށް ވެސް އެހީތެރިވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.