3 ކިލޯ މަސްތުވާތަކެތީގެ 2 މީހުން އަނެއްކާވެސް މިނިވަންކޮށްފި!- މިފަހަރު މިނިވަންކުރީ މައްސަލަ ބަލާ ފުލުސް އޮފިސަރު ހާޒިރު ނުވާތީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
3 ކިލޯ މަސްތުވާތަކެތީގެ 2 މީހުން އަނެއްކާވެސް މިނިވަންކޮށްފި!- މިފަހަރު މިނިވަންކުރީ މައްސަލަ ބަލާ ފުލުސް އޮފިސަރު ހާޒިރު ނުވާތީ!

ކޯޓު އަމުރު ކޯޓަށް ކަމު ނުގޮސްގެން ކުރިން މިނިވަންކުރި 2 މީހުން ކޯޓު އަމުރެއްގެދަށުން ރޭ ދަންވަރު ހައްޔަރުކޮށް މުއްދަތު ޖަހަން ގެންދިއުމުން އަނެއްކާވެސް ކޯޓުން މިނިވަންކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިފަހަރު ވިދާޅުވެފައިވަނީ އެމީހުން މިނިވަންކުރި ސަބަބު މިފަހަރު ކޯޓުން އޮޅުން ފިލުވުމަށެވެ. 

މިއަދުނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މިއަދު އެ 2 މީހުން މިނިވަންކުރީ މައްސަލަ ތަޙްޤީޤްކުރާ ފުލުހުންގެ އޮފިސަރު މުއްދަތު ޖެހުމުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރު ނުވުމުންނެވެ. އަދި އޮފިސަރުގެ ބަދަލުގައި އެހެން މީހަކު ހާޒިރުވާނަމަ ގެންދަން ޖެހޭ ލިޔުން ވެސް ނުގެންދާތީއެވެ.

 

 

މިއަދު އޮންލައިން