ވިހެއުމުން މަސް ދުވަހު އަނބިންނަށް އެހީތެރިވާން ގޭގައި ފިރިން ތިބޭނަމަ އަނބިންގެ ޞިއްހަތު ރަނގަޅުވާ ކަމަށް ދިރާސާއަކުން ދައްކައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ވިހެއުމުން މަސް ދުވަހު އަނބިންނަށް އެހީތެރިވާން ގޭގައި ފިރިން ތިބޭނަމަ އަނބިންގެ ޞިއްހަތު ރަނގަޅުވާ ކަމަށް ދިރާސާއަކުން ދައްކައިފި

ވިހެއުމުން މަސް ދުވަސް (ވިހާތާ 1 މަސް) ވަންދެން އަނބިންނަށް އެހީތެރިވާން ގޭގައި ފިރިން ތިބޭނަމަ އަނބިންގެ ޞިއްހަތު ރަނގަޅުވާ ކަމަށް ދިރާސާއަކުން އަކުން ދައްކައިފިއެވެ.

ސްވިޑްގައި ޢާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ވިހެއުމަށްފަހު މައިންނަށް އަރާމުކުރާނެ ވަގުތު ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ފިރިންގެ އެހީތެރިކަން ލިބިގެން ނޫނީ މައިންނަށް އަރާމު ނުކުރެވޭނެ ކަމަށެވެ. 

މި ދިރާސާ އާއި ގުޅިގެން ޑރ. މެތިޔު ވިދާޅުވެފައިވަނީ ކުއްޖާގެ އެންމެ ލަފަތުގައި މައިންގެ ގައިގެ ހޫނުގެ އިތުރުން ބައްޕަގެ ގައިގެ ހޫނުވެސް ވަރަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ވީހައި ގިނަ ވަގުތު ދެމަފިރިންގެ ހޫނު ދަރިފުޅަށް ލިބޭނެ ގޮތަށް މެދުގައި ދަރިފުޅު ބާއްވައިގެން ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

ރާއްޖޭގައި މިހާރު ވަނީ ވިހެއުމުން މުސާރަ އާއިއެކު ފިރިމީހާއަށް 1 މަސް ދުވަހުގެ ޗުއްޓީ ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދީފައެވެ. ނަމަވެސް އަމިއްލަ ކުންފުނިތަކުން މިފަދަ އިންތިޒާމެއް ހަމަޖެއްސިކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން